Share this post
އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ހެންވޭރު ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، ދައުލަތުގެ ވަޒީރުންނާއި، އެސް.އޯ.އީ ތަކުގެ އިސް ވެރީންގެ އިތުރުން މިކުންފުނީގެ ބޯޑް މެމްބަރުންނާއި މެނޭޖްމެންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

          01 އޭޕްރީލު 1995 ގައި އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައި ވަނީ މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައެވެ. ނަމަވެސް މިއަދު ކުންފުންޏަށް  28 އަހަރު  ފުރިގެން ދިޔައިރު އެމް.ޑަބްލިޔު.އެސް.ސީ އަކީ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ކުންފުޏެއްގެ އިތުރުން ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންޖީނިއަރިންގ އަދި މެނުފެކްޗަރިންގ ގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި  ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނައިރު ރ.ދުވާފަރުގައި މިކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަންމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ވޭތުވެދިޔަ ހަތަރު (4) އަހަރާއި ބައިގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ތާރީޚު ކުރިއެރުންތަކެއް ޙާޞިލްކުރެވި، ފޮނި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރައް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކުރެވިފައވާކަން ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި، ރާއްޖޭގެ 32 ރަށެއްގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނައިރު މިހާރު ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމް.ޑީ ޝާހު ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީ ޝާހު ވަނީ ވޭތުވެދިޔަ އަހަރު އެމް.ޑަބްލިޔު.އެސް.ސީއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.

      އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުންގެ ތެރެއިން ކޮންމެ އަހަރުކުވެސް، އެއަހަރެއްގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑްތަކެއް ވަނީ މިރޭގެ ޙަފްލާގައި ދެވިފައެވެ. އަދި މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވާރޑް، ޗެއާރމަންސް އެވޯރޑް ފޯރ އެކްސެލެންސް އެވޯޑްވެސް ވަނީ ދީފައެވެ. މިއެވޯޑް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވާރޑްއެކެވެ.     

       އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.