Press releases

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމާއި ގުޅޭ
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމާއި ގުޅޭ
22 އޭޕްރިލް 2026
މިކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަށް އަނެއްކާވެސް ވަނީ ނިންމަވާފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 31 އަހަރު
އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 31 އަހަރު
01 އޭޕްރިލް 2026
މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ 31 ވަނަ އަހަރީ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެމް.ޑަބްލިޔު.އެސް.ސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ.
އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447
އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447
02 މާޗް 2026
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ" މި އަހަރުވެސް ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުމާ ގުޅިގެން، މިއަހަރުގެ ރަމަޟާން މަހުވެސް މި މާތް މަޤްޞަދުގައި މި ޙަރަކާތް މުޅި މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް
އެމް.ޑަބްލިޔު.އެސް.ސީ އިން އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް
01 މާޗް 2026
އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ޤަވާއިދުން ފެން ބިލަށް ފައިސާ ދައްކަވާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް "ހަދިޔާ ބަދިޔާ" ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފިއެވެ.
ކ. މާފުށީގައި އައު ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
ކ. މާފުށީގައި އައު ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
17 ފެބްރުއަރީ 2026
ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި އައު ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފިއެވެ. މިއަދު މާފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި
އެމް.ޑަބްލިޔު.އެސް.ސީ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި
03 ފެބްރުއަރީ 2026
އެމް.ޑަބްލިޔު.އެސް.ސީ އިން މޯލްޑިވްސް ބްލަޑް ސަރވިސް އާ ގުޅިގެން، މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން މިހާރު އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސ.ސީ ގެ ފަރާތުން ފޯރުކޮށްދިނުމެވެ.
ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު  ޤާއިމް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފި
ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފި
13 ޑިސެމްބަރ 2025
ޑިޒައިން ބިލްޑް އުސޫލުން، ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީ އިން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.
ކަރަންޓު ބިލު ކުޑަކުރަން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ  "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އިފްތިތާޙުކޮށްފި
ކަރަންޓު ބިލު ކުޑަކުރަން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އިފްތިތާޙުކޮށްފި
13 ޑިސެމްބަރ 2025
އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ނަމުގައި ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީ އިން އެރަށުގައި އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވާފައި ވަނީ ރ.ދުވާފަރުގައި އޮތް ޚާއްސަ ހަފްލާއެއްގައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު އެވެ.
ރ. ދުވާފަރުގައި މިއަހަރު ބާއްވާ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި  އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވއްޖެ
ރ. ދުވާފަރުގައި މިއަހަރު ބާއްވާ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވއްޖެ
12 ޑިސެމްބަރ 2025
މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދާ ހަރަކާތުގައި، އެމް.ޑަބްލިޔު.އެސް.ސީ އިން ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. " އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސަރގެ އިތުރުން "މަސްވެރި ހަވީރު" ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯރޑް ނައިޓް ބާއްވައިފި
އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯރޑް ނައިޓް ބާއްވައިފި
08 ޑިސެމްބަރ 2025
އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ. މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕަރސަން ޝަމްހޫޒާ އަޙުމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުޙައްމަދުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2025 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށްވަނީ ރިކޮގްނިޝަން އެވޯޑް ދެވިފައެވެ.
ލ.ގަން، ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި އައު ނިޒާމުގެ މަސައްކަތް ފަށައިފި
ލ.ގަން، ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި އައު ނިޒާމުގެ މަސައްކަތް ފަށައިފި
22 އޮކްޓޯބަރ 2025
އެމް.ޑަބްލިޔު.އެސް.ސީއިން ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އައު ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ. މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢުގެ މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ލ.ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި ލ.ގަމު ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނަޝީދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަބްދުލް މަތީން މުޙައްމަދު އަދި ލ. ގަމުގެ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ށ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީ އިން ށ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
13 އޮކްޓޯބަރ 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ށ.ގއޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުމުންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުމުންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
27 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ފެރިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ފެރިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
19 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
19 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ހިމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. އއ.ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.