އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް
ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެތެރެއިން، ނ.ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. ރ.ކިނޮޅަހުގެ ކޮމިޝަންކުރުމުގެ މަސައްކަތް ފަށައި މިހާރު ދަނީ ކުރެވެމުންނެވެ. އަދި ނ.މާޅެންދޫގެ ކޮމިޝަން ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ބ. ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިރަށްތަކުގެ ކޮމި ޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެން ދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ ކޯޕަރޭޝަން އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށްތަކަށް ވަޑައިގެންނެވެ. މީގެއިތުރުން ، މިރަށްތަކުގެ
ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެނިންގ ޕްރޮ ގްރާމްވެސް ވަނީ ހިންގާ ނިމިފައެވެ.
ު ރަށުގެ ފެނު ގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ، ފެން ހޮޅީގެ މައި ނެޓްވޯރކް އަޅައި ، އާރު.އޯ ފެސިލިޓީ
ބިލްޑިންގ އިމާރާތްކޮށް ، ފެން އުފެއްދުމަށްޓަކައި އާރު.އޯ ޕްލާންޓްއާއި އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިމިފައެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި،ފެނުގެ ކަނެކްޝަން ވަނީ ގުޅައިދެ ވިފައެވެ.
ަރު ރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި،
ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ވަނީ ނިމި ފައެވެ. އަދި ގޭގޭގައި
ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައި ދެވިފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށް ދެވިފައެވެ.
މިރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ
ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. މިމަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 163.55 މިލިއަން ދިވެހި ރުފިޔާއެ ވެ.
މިމަޝްރޫޢުތަކުގެ ސަބަބުން މިރަށް ތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.