Share this post
ފެން ބިލްގެ ޖޫރިމަނާ މަޢާފް ކޮށްދިނުމުގެ އިތުރު ޕްރްގްރާމެއް ފަށައިފި

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އަބަދުވެސް މިކުންފުނީގެ އަމާޒެކެވެ. މިގޮތުން، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް މިވަނީ ފަށައިފައެވެ. މިޕްރޮގްރާމް ކުރިއަށް ގެންދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މަޢާފްކޮއްދެވޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަވަންޖެހިލައްވާ ޖުމްލަ ފައިސާ އެއްފަހަރާ ދައްކަވައި ޚަލާސްކުރެއްވުމަށް ފަހު ޖޫރިމަނާ މަޢާފްކޮއްދެއްވުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށައެޅުއްވުމުންނެވެ.

 

މިޕްރޮގްރާމް އާއި ގުޅޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުއްވުމުން، ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވައިގެން ނުވަތަmail@mwsc.com.mvއަށް މެއިލްކޮށްލެއްވުމުން ލިބިލައްވާނެއެވެ. ވީމާ، މި ފުރުސަތުގެ ބޭނުން ހިތްޕަވައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހިލައްވާ ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް ކަސްޓަމަރުންގެ ކިބައިން އެދެމެވެ. އަދި، ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހައި ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށް، މިހާރުވެސް ތިޔަދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.