އިޔާދަކުރަނަވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވާރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އޮނޮރަބަލް ޢައިޝަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިނޮރަބަލް ޓަކެއުޗީ މިޑްރީ އެވެ. އަދި ފަހުމުނާމާގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހް އެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މިޔާގީ ޓައިޔޯ އެވެ. އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާރމަން އިބްރާހިމް ނާޝިދް އެވެ.
މިފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ. ހަތަރު އަހަރު ދުވަހުގެ މުއްދަތައްކަށް ރޭވިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، ދުވާލަކު 500 ކިޔުބިއު މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1450 ކިލޯވޯޓް ގަޑިއިރުގެ ބެޓެރީ ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ. އިޔާދަކުރަނަވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢުއަކީ ގްލޯބަލް އެންވަރަންމަންޓް ސެންޓަރ ފައުންޑޭޝަން، ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާރޖީ މޯލްޑިވްސް އެހީގައި ކުރިޔަށް ގެންދާ މަޝްޢުއެކެވެ.
ވަނަ އަހަރުގެ ނިޔަލަށް "ކާބަން ނެޓް ޒީރޯ އެމިޝަންސް" ހާސިލްކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާއިރު، އިއާދަކުރަނިވި ހަކަތައަކީ އިންވެސްޓްމަންޓްގެ މުހިންމު ދާއިރާއެކެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މިމަޝްރޫޢުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އިޖާދީ ކުންފުންޏަކަށް ވުމެވެ.