1446 ވަނަ އަހަރުގެ ރަމަޟާންމަހު، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، 2025 އޭޕްރީލްމަހު މިކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް "ޢާންމުމަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން" އަންނަނިވި އުޞޫލާއި އެއްގޮތަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
1- "ޢާންމު މަހެއްގައި" ފެނާއި ކަރަންޓް ބިލުގެ މިންވަރު ކަމުގައި ބަލާނީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާރިޗް އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރެވެ.
2- މިގޮތުން ކަނޑައެޅޭ "ޢާންމު މަހުގެ" ބިލުގެ މިންވަރަށްވުރެ އޭޕްރީލްމަހު ތައްޔާރު ކުރެވޭ ބިލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭނެއެވެ.
3- މިގޮތުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެއެވެ.
4- 2025 އޭޕްރީލް މަހު ފޮނުވާ ބިލް "ޢާންމު މަހުގެ" ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެއެވެ.
5- އޭޕްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލް ކަމުގައިވާނަމަ، އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހު ފޮނުވާ ބިލުން 10% ޑިސްކައުންޓް ދެވޭނެއެވެ.
މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
އެމްޑަބްލިޔުއެސްސީ ގެ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރަމެވެ.