Press releases
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ދަރަވަންދޫގައި ޤާއިމްކުރި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި
13 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
11 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، ޚިދުމަތްދޭން ފަށައިފިއެވެ. ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން
10 އޯގަސްޓް 2025
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާ، މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާފަރުގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
21 ޖުލައި 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާފަރުގައި ގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، ޚިދުމަތްދޭން ފަށައިފިއެވެ. ނ.މާފަރުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އިތުރު ޚިދުމަތްތަކާއި ފަސޭހަތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ މޯބައިލްއެޕް ޢާންމު ކުރުން
20 ޖުލައި 2025
އެމް.ޑަބްލިޔު.އެސް.ސީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ރަގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުންފުނީގެ އެޕަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މިއަދު ޢާންމު ކުރެވިއްޖެއެވެ. މިބަދަލުތައް ގެނެވިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު، ޚިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެނެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ބަދަލުތަކާއެކު މޯބައިލް އެޕްލިކޭޝަން ޢާންމު ކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން އަލްފާޟިލާ ޝަމްޙޫޒާ އަޙުމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.
ހދ.ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100% އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން
01 ޖޫން 2025
ހދ.ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަން އާއި ދެމެދު މިއަދު ވަނީ ސޮއިކުރެވިފައެވެ. މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެށީ އައިބާ އެވެ. މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު، އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
23 މެއި 2025
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ކެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމާއި ގުޅޭ
08 މެއި 2025
މިކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 30 އަހަރު
01 އޭޕްރިލް 2025
މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ 30 ވަނަ އަހަރީ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. މީގެތެރެގައި، ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމް، ގަސްއިންދުމުގެ ޕްރޮގްރާމް، އަދި ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ހިމެނެވެ.
ރަމަޟާން މަހު އެމް.ޑަބްލިއު.އެސް.ސީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން 3 ކަސްޓަމަރަކަށް އުމުރާ ދަތުރެއް
01 މާޗް 2025
މި އަހަރަކީ އެމް.ޑަބްލިއު.އެސް.ސީ އަށް 30 އަހަރު ފުރޭ އަހަރު ކަމަށް ވުމާއި، އެ މުނާސަބަތާއި އަދި ރަމަޟާން މަހާއި ގުޅުވައިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި، އެމް.ޑަބްލިއު.އެސް.ސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެމް.ޑަބްލިއު.އެސް.ސީ ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީ އިން އޭޕްރީލްމަހު ފޮނުވާ ބިލްތަކަށް ރަމަޟާން ޑިސްކައުންޓް ދިނުން
28 ފެބްރުއަރީ 2025
1446 ވަނަ އަހަރުގެ ރަމަޟާންމަހު، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، 2025 އޭޕްރީލްމަހު މިކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް "ޢާންމުމަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން" އަންނަނިވި އުޞޫލާއި އެއްގޮތަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް ހިންގައިފި
24 ފެބްރުއަރީ 2025
އެމް.ޑަބްލިޔު.އެސް.ސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް، މޯލްޑިވިއަން ބްލަޑް ސަރވިސް އާ ގުޅިގެން، މިއަދު ހިންގައިފިއެވެ. އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ ލޭދިނުމުގެ މިޙަރަކާތް ފައްޓަވާ ދެއްވީ އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން ޝަމްހޫޒާ އަޙުމަދުއެވެ. މިހަރަކާތުގައި މިކުންފުނީގެ ސީނިއަރ މެނޭޖްމަންޓްއާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔާރ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
23 ޖަނަވަރީ 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނު ގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ އަދާހަމަ
19 ޖަނަވަރީ 2025
މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. 2016 ވަނަ އަހަރު ފެށިފައިވާ، މި މަޝްރޫޢުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މިމަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައެވެ.
ޕީއެސްއައިޕީގެ ދަށުން އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދިޔަ 20 ރަށެއްގެ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއް 2024 ގެ ނިޔަލަށް ނިންމަލައިފި.
31 ޑިސެމްބަރ 2024
އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ 5 ރަށުގެ ފެނުގެ ނިޒާމު ޤާއިމް ކުރުމާއި، އަދި 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމެވެ.