Press releases

އެމް.ޑަބްލިޔު.އެސް.ސީ އިންް، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފި
އެމް.ޑަބްލިޔު.އެސް.ސީ އިންް، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފި
09 ޖޫން 2024
އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮއްފިއެވެ. 8 ޖޫންގައި ސަލްޓަން ޕާރކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަލްފާޟިލް އިބްރާހީމް ވަޙީދު އަދި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދުއެވެ. އަދި މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގެ އިސް ބޭފުޅުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ބޯރޑް މޭމްބަރުންނާއި، މެނޭޖުމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވިއެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފެންބިލާއި ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުން
2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފެންބިލާއި ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުން
05 މެއި 2024
1445 ވަނަ އަހަރު ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވެއެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ %24.5 އެވެ. ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާންމަހުގެތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާއެކު، މިއަހަރުގެ އޭޕްރީލްމަހުގެ ބިލްތަކަށް އަންނަނިވިގޮތުގެ މަތިން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިވަޑައިގަންނަވާނެއެވެ.
އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކުރައްވައިފި
އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކުރައްވައިފި
13 އޭޕްރިލް 2024
އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީއިން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ.
1445ހ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް ޢާއްމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނޭގޮތް ހެދުން
1445ހ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް ޢާއްމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނޭގޮތް ހެދުން
31 މާޗް 2024
ރަމަޟާންމަހު ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަން ޖެހޭތީ، މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، ޢާއްމު މަހެއްގައި ހުންނަ މިންވަރަށް ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓުބިލް ހުންނާނެ ގޮތަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ގޭބިސީތަކުގެ ފެންބިލާއި ކަރަންޓު ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމާއި ގުޅޭ
ގޭބިސީތަކުގެ ފެންބިލާއި ކަރަންޓު ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމާއި ގުޅޭ
28 މާޗް 2024
ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަށް 24 މާރިޗު 2024 ގައި ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
23 އޮކްޓޯބަރ 2023
އެމް.ޑަބްލިޔު.އެސް.ސީއިން އއ.ފެރިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ސްޓެލްކޯ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރް.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރް.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފި.
26 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިތުރު އާރް.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމް އެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ނ.ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ނ.ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
25 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ނ.ފޮއްދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ނ.ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޚްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޚްކޮށްފި.
24 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާޙް ކޮށްފިއެވެ. ރ.އިންނަމާދޫގެ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
23 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ރ.ކިނޮޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
21 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
18 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
16 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. އއ.މަރިވެރި ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙަންމަދު ޝަރީފް އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
15 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ށ.ފީވައް ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި.
02 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ހއ.މުރައިދޫ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.