Press releases

އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
23 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ރ.ކިނޮޅޮހުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ރ.ކިނޮޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.
21 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
18 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
16 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރިގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. އއ.މަރިވެރި ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙަންމަދު ޝަރީފް އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
15 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ށ.ފީވަކުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ށ.ފީވައް ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި.
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި.
02 އޯގަސްޓް 2023
އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ހއ.މުރައިދޫ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
ފެން ބިލްގެ ޖޫރިމަނާ މަޢާފް ކޮށްދިނުމުގެ އިތުރު ޕްރްގްރާމެއް ފަށައިފި
ފެން ބިލްގެ ޖޫރިމަނާ މަޢާފް ކޮށްދިނުމުގެ އިތުރު ޕްރްގްރާމެއް ފަށައިފި
05 ޖުލައި 2023
ެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އަބަދުވެސް މިކުންފުނީގެ އަމާޒެކެވެ. މިގޮތުން، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް މިވަނީ ފަށައިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުވެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ހިންގައިފި
އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުވެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ހިންގައިފި
05 ޖޫން 2023
އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން މި ކުންފުނީގެ އޮޕަރޭޝާންތައް ހިނގަމުންދާ މާލެ، ހުޅުމާލޭ އަދި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މާލެ އަދި ހުޅުމާލޭގައި މިކުންފުނިން ޤާއިމްކޮށްފައިވާ އޮފީސް އިމާރާތްތައް ފެހިކުރުމުގެ ޚާއްސާ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް އިފްތިތާޙް ކޮށްދެއްވީ ހުޅުމާލޭގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އަދި އާރބަންކޯގެ ޗީފް އޮޕަރޭޓީންގ އޮފިސަރ ޝާތިރް އަބްދުލް ރަހްމާން އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ ސީނިއާ މެނޭޖުމަންޓް ޓީމާއި މުވައްޒަފުން ބައިވެރި ވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި
އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި
25 މެއި 2023
އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ހެންވޭރު ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، ދައުލަތުގެ ވަޒީރުންނާއި، އެސް.އޯ.އީ ތަކުގެ އިސް ވެރީންގެ އިތުރުން މިކުންފުނީގެ ބޯޑް މެމްބަރުންނާއި މެނޭޖްމެންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރ.އިންނަމާދޫގެ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެ
ރ.އިންނަމާދޫގެ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެ
24 މެއި 2023
އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މިރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އެމް.ޑަބްލިޔު.އެސްސީ އާއި ބެހޭގޮތުން "ޕާޓިކަލްސް" އިން ކޮށްފައިވާ ޓްވީޓް އާއި ގުޅޭ
އެމް.ޑަބްލިޔު.އެސްސީ އާއި ބެހޭގޮތުން "ޕާޓިކަލްސް" އިން ކޮށްފައިވާ ޓްވީޓް އާއި ގުޅޭ
20 މެއި 2023
އެމް.ޑަބްލިޔު.އެސް.ސީ އިން ކޮންޓްރެކްޓް އުޞޫލުން "ޕާޓިކަލްސް" ނަމަކަށް ކިޔާ ކުންފުންޏަކާއި ޙަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، މިކުންފުނީގެ މުވައްޒަފުނ ނަހަމަ ގޮތުގައި ކޮންޓްރެކްޓަރ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ، "ޕާޓިކަލްސް" ކުންފުނިން ކޮށްފައިވާ ޓްވީޓް ގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅޭގޮތުން މީސްމީޑިއާ އަދި ޚަބަރު ފަތުރާ ބައެއް ވަޞީލަތްތައް މެދުވެރިކޮށް ދައުރު ވަމުން ދާ ޚަބަރަކީވެސް ޙަޤީޤަތާއި ޚިލާފް ޚަބަރެއް ކަމުގައި ދަންނަވަމެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި.
26 އޭޕްރިލް 2023
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. އއ.މަތިވެރީ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ސްޓެލްކޯ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.
އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
12 އޭޕްރިލް 2023
އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒް އާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމް.ޑަބްލިޔު.އެސް.ސީ ބޭއްވި ރަސްމިއްޔާތުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ އިސްވެރިޔާ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތާރިޤް އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާޙް އެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރިނުކުރުމުގެ ޚާއްޞަ ސްކޮލަރޝިޕް ޕްރޮގުރާމްތައް ސްޕޮންސަރ ކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރިނުކުރުމުގެ ޚާއްޞަ ސްކޮލަރޝިޕް ޕްރޮގުރާމްތައް ސްޕޮންސަރ ކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި
05 އޭޕްރިލް 2023
ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަރ ކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ފަރާތުން ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ޢަލީ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާޙް އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އިން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އިން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި
28 ފެބްރުއަރީ 2023
ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކޮށްފިއެވެ. މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮނޮރަބަލް އަޙްމަދު ސަމީރު އެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްެރެކްޓަރގެ އޮފިސަލުންވެސް ވަނީ ބައިވެރިވެފައެވެ.