Press releases
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އިން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި
28 ފެބްރުއަރީ 2023
ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކޮށްފިއެވެ. މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮނޮރަބަލް އަޙްމަދު ސަމީރު އެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްެރެކްޓަރގެ އޮފިސަލުންވެސް ވަނީ ބައިވެރިވެފައެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަން ޚިދުމަތް ތަޢާރަފްކޮށްފި
22 ފެބްރުއަރީ 2023
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް ގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފްކުރީ މިކަމަށްޓަކައި މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، ބޯޑް ޑިރެކްޓަރުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް އާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އިޔާދަކުރަނަވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި
15 ފެބްރުއަރީ 2023
އިޔާދަކުރަނަވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވާރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އޮނޮރަބަލް ޢައިޝަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިނޮރަބަލް ޓަކެއުޗީ މިޑްރީ އެވެ.
ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %80 މަސައްކަތް ނިމިއްޖެ
05 ފެބްރުއަރީ 2023
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން "އެމް.ވީ ރަން " ސްޕޮންސަރ ކުރުމަށް ޓީ.އެފް.ޖީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި.
04 ފެބްރުއަރީ 2023
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީ.އެފް.ޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެން ޒިނާން އެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ ޢިމާރާތް ބިނާކޮށްފި
30 ޖަނަވަރީ 2023
މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ އިމާރާތް ބިނާކޮށްފިއެވެ. މި ޑައިލަސިސް ސެންޓަރ އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ ގޮތަށެވެ.
އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %80 މަސައްކަތް ނިމިއްޖެ
26 ޖަނަވަރީ 2023
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ 27 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި
26 މެއި 2022
އެމް.ޑަބްލިޔު.އެސް.ސީގެ 27 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސް ގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ދަނީކުރިޔަށް.
12 މެއި 2022
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ މި މަސައްކަތް ކުރަމުންނެވެ. މިގޮތުން، ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ކެންދޫއަށް ވަނީ ގެންދެވިފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތެވެ.
ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ދަނީކުރިއަށް.
24 އޭޕްރިލް 2022
ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް އެމް.ޑަބްލިޔު.އެސް.ސީއިން އަންނަނީ ކުރަމުންނެވެ. މިގޮތުން، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ ދަރަވަންދޫއަށް ގެންދެވިފައެވެ. އަދި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކެވެ.
އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %70 މަސައްކަތް ނިމިއްޖެ
20 މާޗް 2022
އެމް.ޑަބްލިޔު.އެސް.ސީ އިން އދ.ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އާރ.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.
އެމް. ޑަބްލިޔު. އެސް. ސީގައި އަންހެނުން ބާރުވެރިކުރުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުން
08 މާޗް 2022
ދެޖިންސުގެ މުއައްޒަފުންގެ މެދުގައި ކުންފުނީގައި ހަމަހަމަކަން ޤާއިމްކުރުމާއި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދަޢުރު އިތުރަށް ފުޅާކުރުމަށްޓަކައި އެމް. ޑަބްލިޔު. އެސް. ސީ. އިން ވަނީ 05 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދާގޮތަށް ޖެންޑަރ މެއިންސްޓްރީމިންގް ޕްލޭނެއް އެކުލަވާލައިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން4 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިންމައި ކޮމިޝަންކުރަން ފަށައިފި.
22 ފެބްރުއަރީ 2022
އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް
ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެތެރެއިން، ނ.ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. ރ.ކިނޮޅަހުގެ ކޮމިޝަންކުރުމުގެ މަސައްކަތް ފަށައި މިހާރު ދަނީ ކުރެވެމުންނެވެ.
އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %41 މަސައްކަތް ނިމިއްޖެ
21 ފެބްރުއަރީ 2022
އެމް.ޑަބްލިޔު.އެސް.ސީ އިން އދ.ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %41 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %70 މަސައްކަތްތަކާއި 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި, ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ށ.ފީވައް އަދި ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށިގެން ދަނީ ކުރިޔަށް
01 ފެބްރުއަރީ 2022
އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ. މި ވައުދު ފުއްދުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ގޮތުން ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ސަރުކާރުންވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލު ކޮށްފައެވެ. މި ހުރިހައި މަޝްރޫއު ތަކެއްގެ އަމަލީ މަސައްކަތް ފެށި މިހާރު ދަނީ ކުރެވެމުންނެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.76 ބިލިއަން ރުފިޔާ އަށް އަރައެވެ.