Press releases
އެމް.ޑަބްލިޔު.އެސް.ސީ އިން4 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިންމައި ކޮމިޝަންކުރަން ފަށައިފި.
22 ފެބްރުއަރީ 2022
އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް
ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެތެރެއިން، ނ.ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. ރ.ކިނޮޅަހުގެ ކޮމިޝަންކުރުމުގެ މަސައްކަތް ފަށައި މިހާރު ދަނީ ކުރެވެމުންނެވެ.
އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %41 މަސައްކަތް ނިމިއްޖެ
21 ފެބްރުއަރީ 2022
އެމް.ޑަބްލިޔު.އެސް.ސީ އިން އދ.ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %41 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %70 މަސައްކަތްތަކާއި 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި, ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ށ.ފީވައް އަދި ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށިގެން ދަނީ ކުރިޔަށް
01 ފެބްރުއަރީ 2022
އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ. މި ވައުދު ފުއްދުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ގޮތުން ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ސަރުކާރުންވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލު ކޮށްފައެވެ. މި ހުރިހައި މަޝްރޫއު ތަކެއްގެ އަމަލީ މަސައްކަތް ފެށި މިހާރު ދަނީ ކުރެވެމުންނެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.76 ބިލިއަން ރުފިޔާ އަށް އަރައެވެ.
ނ.މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ %86 މަސައްކަތް ނިމިއްޖެ
18 ޖަނަވަރީ 2022
ެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %86 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްފި
02 ޖަނަވަރީ 2022
އެމް.ޑަބްލިޔު.އެސް.ސީއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ރ. ދުވާފަރުގައި 35kWp ގެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފިއެވެ. މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48kWp ގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ. އަލަށް ހަރުކުރެވުނު މި ސޯލަރ ޕަވާރ ސިސްޓަމާއެކު، ރ.ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83kWp ގެ ސޯލާ ޕަވަރ އަށް ވަނީ އިތުރުވެފައެވެ.